Thursday, April 2, 2015

ރަށަކީމަގޭ


ތިލަދުންމަތީ ދެކުނޭ އެއީ މަލަމަތި އޮމާން ރަށެކޭ އެއީ
                                 ތިލަދެކުނަށޭ ނިސްބަތްވަނީ   ރަށަކީމަގޭ ވައިކަރަދުއޭ


އައްސޭރިތައް ފެހިގަދަވެފައި ދޮންވެލިގަނޑުން މުއްސަނދިވެފައި
                                 އައްސޭރިއެއްކަމުގައިބަލާ   ރަށަކީމަގޭ   ވައިކަރަދުއޭ
މޫދާފަޅުގެ   ޗާލޫކަމާ    ބޭރާފަރުގެ       ފުރިހަމަކަމާ
                                 ހޯދާބަލަން   ބޭނުންއެވާ    ރަށަކީމަގޭ  ވައިކަރަދުއޭ
ދީނަށްނިކަން  ޙުރުމަތްހިތާ     ދީނަށް ވަފާތެރިކަންމަތީ
                                 ދީނާރަށަށް ޚިދުމަތްކުރާ   ރަށަކީމަގޭ    ވައިކަރަދުއޭ
މެހްމާނުނަށް ޚިދުމަތްދެމުން  އަޚްވަންތަކަން ދަމަހައްޓަމުން
                                 މެހްމާނުނާ  ގުޅިގެންއުޅޭ   ރަށަކީމަގޭ   ވައިކަރަދުއޭ
ފެނުމާއެކީ  ހިނިތުންވެލާ   އެރުމާއެކީ    އެކުވެރިވެލާ
                                 ފެނިލާއިރަށް އަނގައިންބުނާ  ރަށަކީމަގޭ   ވައިކަރަދުއޭ
ދަނޑުވެރިކަމުން އެއްވަނަދެވޭ ދަނޑުތައްމަތީ އަބަދުމެއުޅޭ
                                 ކަނޑުފަޅުތެރޭ  ފީނާހަދާ   ރަށަކީމަގޭ    ވައިކަރަދުއޭ
ރަށުގައިހުރޭ ބޮޑުބިޔަގަހެއް ދެގަރުނުވެފައި ބޮޑުބޮއިގަހެއް
                                 ރަށުތެރެބަލާ  ހޯދަންއެދޭ    ރަށަކީމަގޭ   ވައިކަރަދުއޭ
ރަށުހުޅަނގުގައި އޮވެޔޭއިނގޭ ގުންބަރުގަލޭ ބުނެވޭގަލެއް
                                 ރަށުގައި ދެވަނަ  އާބާދުވީ   ރަށަކީމަގޭ   ވައިކަރަދުއޭ
ރަށުތެރެއޮމާންކުރަނީ ދަރިން ފޯރީގެނެސް އަންހެންދަރިން
                                 ރަށުތިބިދަރިން ފުދިގެންއުޅޭ   ރަށަކީމަގޭ   ވައިކަރަދުއޭ
ފިރިހެންތަކުން އެކުވެރިވެލާ ޖޯޝާއެކީ ބައިވެރިވެލާ
                               ދިރުމެއް ރަށަށް ގެންނަންއެދޭ   ރަށަކީމަގޭ  ވައިކަރަދުއޭ
ފުސްކަންއެކީ ފުހެލަންއެދޭ އަލިކަންވިދާ ބަބުޅަންއެދޭ
                                 މުސްތަޤްބަލެއް  ލިބުމަށްއެދޭ   ރަށަކީމަގޭ  ވައިކަރަދުއޭ 

No comments:

Post a Comment